މުޒާހަރާ އާ ގުޅިގެން އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

އިދިކޮޅު ޕީޕީއެމް ޕީއެންސީން މިއަދު މާލޭގައި ބޭއްވި މުޒާހަރާ އާ ގުޅިގެން އެ ޕާޓިތަކަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ދެއްވައިފިއެވެ.
"މަގޭ ފްލެޓް ކޮބާ" ނަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ކުރި މުޒާހަރާ ގެ ވީޑިއޯއެއް އާންމުކުރައްވައި ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެސް އެޗްޕީއޭއިން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
އަދި ވިޑިއޯ ކްލިޕުން ފެންނަ މަންޒަރުތަކަށް، މުޒާހަރާ އިންތިޒާމް ކުރި (ޕީޕީއެމް/ޕީއެންސީ) ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ “އިންސާފު ކޮބާ” މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވާއިރު، ފުލުހުން ވަނީ އެމީހުން ހުއްޓުވުމަށް ޕެޕަރ ސްޕްރޭ އާއި މުގުރުގެ ބޭނުން ވެސް ކޮށްފައެވެ.