ކައިޒީންގެ "ޓީނޭޖް" އުމުރުގެ ފޮޓޯތަކެއް އާންމުކޮށްފި

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން (ކައިޒީން) ގެ ޅަ އުމުރުގެ ފޮޓޯތަކަކާއި ފުރާވަރު އުމުރުގެ ފޮޓޯތަކެއް މީސްމީޑިއާގައި މިއަދު އާންމު ކޮށްފިއެވެ.
އެންމެ ތުއްތުއިރުގެ ބައެއް ފޮޓޯތައް އިންސްޓަގްރާމް ގައި ޕޯސްޓު ކުރުމަށްފަހު ކައި ބުނެފައި ވަނީ އޭނާއަކީ ކުރިން ވެސް ވަރަށް "ހެދުން އެޅުމާއި ޒީނަތްތެރިވުމަށް" ލޯބިކުރި މީހެއްކަން އެފޮޓޯތަކުން ވެސް ހާމަވެފައިވާ ކަމަށެވެ.

"އަހަރެންގެ މަންމަގެ އަމިއްލަ އަތުން، މަންމަ ހެދުން ފަހައިދޭކަން އަހަރެން ހަނދާން ހުރޭ. އަހަރެންގެ މައިންބަފައިން އަބަދުވެސް އަހަރެން ދެކެ ވަރަށް ލޯބިވެ، އެއްވެސް ކަމަކުން އަހަރެން ބާކީއެއް ނުކުރޭ" އެފޮޓޯތަކުގެ ކެޕްޝަންގައި ކައި ލިޔެފައިވެއެވެ.
ފުރާވަރު އުމުރުގެ ފޮޓޯތައް ކައި ހިއްސާ ކޮށްފައިވަނީ އިންސްޓްގްރާމް ސްޓޯރީގައެވެ. އެފޮޓޯތަކަށް ހުއްޓިގެން ހުރި ގޮތުން، އޭރުވެސް އޭނާ މޮޑެލް ކުރުމަށް ޝައުޤުވެރިކަން ހުންނަކަން ވަނީ އެނގިފައެވެ.

ކައިވެންޏެއްކޮށް މިހާރު އެ ކައިވެނި ރޫޅިފައިވާ ކައިޒީން އަކީ ރާއްޖޭގައި ތަފާތު ހެދުން އެޅުމަށް އަބަދުވެސް ޝައުޤުވެރިކަން ބަހައްޓާ ފަންނާނެއްކަން ފާހަގަވެއެވެ. އަދި އޭނާ ހެދުން އަޅާއުޅޭ ބައެއް ގޮތްގޮތާމެދު ގިނަ ދިވެހިން ވަރަށް ބޮޑަށް ފާޑުކިޔާކަން ވެސް ފާހަގަވެއެވެ.
އެގޮތުން އެންމެ ފުރަތަމަ ކައި އާންމުކުރި އޭނަގެ ޓިކްޓޮކް ވީޑިއޯގައި ލައިގެންހުރި ޓައިގާ ކޮސްޓިއުމަށް ވެސް އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވިއެވެ.
ނަމަވެސް މިފަހަރު ކައި އާންމުކުރި އޭނަގެ ޅަ އުމުރުގެ ފޮޓޯތަކެކެވެ.
ތީ ދެން ޚަބަރެއްތަ؟ މަގޭ ޓީން ފޮޓޯތައްވެސް އެބަހުރި ގެލެރީގައި
ތިދެން ކާކު
ކުޑައިރު ހެދުން އެޅިގޮތަށް ބޮޑުވީމަ ވެސް ހެދުން އެޅުމަށް ޝައުގު ވެރިވާ ކުޖެއް ކަމަށްބެލެވޭ.
Heyo dhw oriyaan viyas
ޕިސް ޕިސް ޕިސް ޕިސް
ކައިޒީން ގެ މައިން ބަފައިން ވެސް އެވަރަށް ކައިޒީން ދެކެ ލޯބި ވީއިރު އަދި އެއްވެސް ކަމަކުން މަހުރޫމް ނުކުރާ ކަމަށް ބުނާ އިރު ހިޔެއްނުވޭ ދީނީ ކަންކަމާމެދު އެއްވެސް ވަރަކަށް އަޅާ ލެވިފައިވާހެނެއް.
ޓީނޭޖު އުމުރުގައި އެއް ދުވަހަށް ކައި ބުރުގާ ވެސް އެޅީމޭ،، އަޅެ އެ ވާހަކަ ވެސް ލިޔެލައްޗޭ ޕްލީޒް
ދެން ނޫހުން އޭނައަށް ފާޑުކިޔާފަ ނޫހުގަ ވާހަކަ އާ ފޮޓޯޖެހީ ކޮންބޭނުމަކު؟ ސަބަބު ސާފު. ނޫސްވެސް ބޭނުންވަނީ މަޝްހޫރުވާން.