ޚަބަރު

ﷲ އަށް ހަމްދު ހުރި، އިތުރު 12 މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 12 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މި ނުވަ މީހުންނާއެކު، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1875 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 22 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި، ބަންގްލަދޭޝްގެ 12 މީހެއްގެ އިތުރުން ލަންކާގެ ހަތަރު މީހެއް ކަމަށެވެ.

މި ހަ މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2305 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 417 މީހަކަށެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!