ލައިފްސްޓައިލް

ސައިނަސްގެ އުނދަގުލުން ސަލާމަތް ވުމަށް މިއޮތީ ހައްލެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސައިނަސްގެ މައްސަލައަކީ ވަރަށް ގިނަބަޔަކު ތަހައްމަލު ކުރަމުން އަންނަ، ފަސޭހަކުރަން އުނދަގޫ ބައްޔެކެވެ.އެފަދަ ބައެއް މީހުން ހެނދުނު ހޭލައިގެން ކިނބިހި އަޅާ އަޅާ މީހާ އެއްކޮށް ހަލާކުކޮށްލައެވެ. އެހެންކަމުން މި ބަލިން ސަލާމަތް ވުމަށް ގިނަ ބަޔަކު އަންނަނީ އެތައް މަސައްކަތް ތަކެއް ކުރަމުންނެވެ.

Ads by MWSC

މިބަލިޖެހިއްޖެނަމަ ނޭފަތުން ރީދޫ ކުލައިގެ ރޯގާ އައުމާއި، ސައިނަސް ދުޅަވި ހިސާބެއްގައި ރިހުން ހުރުމާއި ބޮލުގެ ނިއްކުރިޔަށް ތަދުވުމާއި، ރޯގާ ފިލައިގެން ނުދިއުން ނުވަތަ އެއަށްވުރެން ބޮޑުވަރު ވުމާއި، މާ ގިނައިން ކެއްސުން އަދި ހުންއައުމާއި، ނޭވާލުމަށް އުނދަގޫވުން ފަދަ އަލާމާތްތައް ފެނުމުގެ އިތުރުން ސައިނަސްގެ އުނދަގޫވާ ބައެއްމީހުންގެ ދެ ބުމަޔާ ދިމާލުގައި ފަށަލަޔަކަށް ދުޅަފެންނަ ހުރުން ފަދަ ޢަލާމާތްތައް ފެންނާނެއެވެ. އެހެންނަމަވެސް މިއޮތީ އެކަމަށް އޮތް ހައްލެކެވެ.

އެޕަލްސިޑަރ ވިނިގަރ އަކީ މިކަމަށް އޮތް ވަރަށް ރަގަޅު ފަރުވާއެކެވެ. އެއީ އޭގައި ވަރަށް ގިނަޢަދަދަކަށް ވިޓަމިންސް އާއި، މިނެރަލްސް އާއި ފައިބަރ ހުރުމުގެ ސަބަބުން ސައިނަސް އިންފެކްޝަންއަށް އޭގެ ސަބަބުން ވަރަށް ރަނގަޅު ފަރުވާއެއް ލިއްބައިދޭތީއެވެ.

އެޕަލްސިޑަރ ވިނިގަރ އަކީ އިންސާނުންގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ނުރައްކާތެރި ވައިރަސްތަކުން ސަލާމަތްކޮށްދޭ ބުއިމެއް ވެސް މެއެވެ.

ސައިނަސްއަށް ބޭސް ތައްޔާރުކުރުމަށް ބޭނުންވާތަކެތި:

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ މާމުއި

1 ލުބޯލުގެ ހުތް

½ ޖޯޑް ސާފުފެން

¼ ޖޯޑް އެޕަލްސިޑަރ ވިނިގަރ ( ނުފުރާނާ )

ތައްޔާރުކުރާނެގޮތް:

ފެންފޮދު ހޫނުކޮށްލާށެވެ. ދެން އެ ފެންފޮދު މަގަކަށް އަޅާށެވެ. އެއަށް އެޕަލްސިޑަރ ވިނިގަރ ފޮދު އެޅުމަށްފަހު ގިރާލާށެވެ. ހިހޫވަންދެން އިރުކޮޅަކު ބެހެއްޓުމަށްފަހު އޭގެ ތެރެއަށް މާމުއި ފޮދާއި، މުގުރި މިރުސްކޮޅު އަޅާށެވެ. ދެން އަނެއްކާވެސް ގިރާލާށެވެ. ރަގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ލުބޯހުތް ފެލާށެވެ. އަނެއްކާވެސް ގިރާލާ އެއްކޮށްލާށެވެ.

ސައިނަސް ރަނގަޅު ވަންދެން މަދުމަދުން ބޯށެވެ.

  1. ޚަލީފާ

    ކޮންކަހަލަ މުގުރި މިރުހެއްބާ..