Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޭޕްކުރުމާއި ދެކޮޅަށް މާދަމާ ޖެންޑާ މިނިސްޓްރީ ކައިރީ އެއްވުމެއް ބާއްވަނީ

ރޭޕްކުރުމާއި ދެކޮޅަށް މާދަމާ ޖެންޑާ މިނިސްޓްރީ ކައިރީ އެއްވުމެއް ބާއްވަނީ

ރޭޕްކުރުމާއި ދެކޮޅަށް މާދަމާ މާލޭގައި އެއްވުމެއް ބާއްވަން ހަމަޖެހިއްޖެއެވެ.

މުޒާހަރާ ރާވަނީ ރަޖިސްޓަރީ ކުރުމުގެ މަރުހަލާގައި އޮތް އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ވޮއިސް އޮފް ޗިލްޑްރެންސް ޖަމިއްޔާއިންނެވެ. ހޯމަ ދުވަހު ބާއްވާ މި ހަރަކާތް ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު ޖެންޑަރ މިނިސްޓްރީ ބޭރުގައެވެ.

މި އެއްވުމަށް އަންނައިރު މާސްކު އެޅުމަށާއި، އަދި އެއްވުން ކުރިއަށްދާނީ ގައިދުރުކަމަށް އިސްކަންދީގެން ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

Advertisement
Ooredoo — Square (box)

މި މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރޭޕާއި ދެކޮޅަށް އަޑު އުފުލާއި އެކަންތައް ކުރާ މީހުންނަށް އަދަބު ދިނުމަށް ބާރުއެޅުމެވެ. ރޭޕާއި ދެކޮޅަށް މުޒާހަރާއެއް ރާވާފައި މިވަނީ ހުޅުމާލޭ ފަޅުތެރޭގައި އަޅަފައިވާ އޮތް ސަފާރީއެއްގައި ހުރި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި އެކަން ކުރި މީހުން ދޫކޮށްލާފައި ވަނިކޮށެވެ.

އެ ދެ މީހުން ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވާއިރު، މިކަމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް