ޚަބަރު

އިންސާފު ނުލިބޭކަމަށް ބުނެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓަކު ޓިކެޓު ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

މި ވެރިކަމުގައި އިންސާފު ނުލިބޭތީ އެމްޑީޕީގެ ނަމުގައި ހއ. މުރައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކުރެވިފައިވާ ގޮނޑިއަށް ވާދަނުކުރަން މިޢުނާ ޙަސަން (ހިޔަލީގެ / ހއ. މުރައިދޫ) ނިންމައިފި އެވެ.

Ads by Sosun Fihaara

ފޭސްބުކްގައި މިއުނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސަރުކާރު ގެނައީ ހަމައެކަނި ކޮންކްރީޓް ތަރައްގީ ގެނައުމަށް ނޫންކަމަށާއި އިންސާފު ވެސް ލިބޭނެ ކަމުގެ އުއްމީދާއެކު ކަމަށެވެ. އެކަމަކު މިއަދާ ހިސާބަށް އައިއިރު ވެސް އޭނާ އުއްމީދުކުރި ގޮތަށް މީހުންނަށް އިންސާފު ނުލިބޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން ރޭޕްކުރުމާއި ޖިންސީ ގޯނާ ފަދަ މައްސަލަތަކާއި ގުޅިގެން އެއްވެސް ކަމެއް ކުރަމުންދާ މަންޒަރު ނުފެންނާތީ އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބަށް ވާދަކުރުމަށް ވެސް ލަދުވެތިވާ ކަމަށް ވެސް މިއުނާ ބުނެ އެވެ.

އެ ސަބަބާހުރެ އޭނާ މިވަނީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަނުކުރަން ނިންމާފަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބަށް ވާދަކުރުމަށް ވެސް ލަދުވެތިވާ ކަމަށް ވެސް މިއުނާ ބުނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!