ޚަބަރު

ސަފާރީގައި ޖިންސީގޯނާ ކުރި މަައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

Ads by MWSC

ސަފާރީގައި އަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުށުގެ ވެށިން ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ގޯނާގެ ޝިކާރައަށްވީ އަންހެން މީހާގެ އެތައް ހައްގަކަށް އުނިކަމެއް އައިސްފައިވާ ކަމަށެވެ.

މައްސަލަ ތަހުގީގުކުރުމުގައި ސިޔާސީ ގޮތުން ބާރުވެރި ފަރާތްތަކެއްގެ ނުފޫޒު ފޯރަމުންދާ ކަމަށާއި އެހެންކަމުން މިނިވަންކަމާއެކު އެ މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!