ދީން

މީހުންނަށް މަޢާފު ކުރާށެވެ. ﷲ ތިބާއަށް މަޢާފު ކުރައްވަވާނެއެވެ.

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަސް ފެށެން ދެން އޮތީ 56 ދުވަހެވެ. ބަރަކާތާއި ރަޙުމަތުން ފުރިގެންވާ މި މައްސަރާ ބައްދަލު ކުރާއިރު ތައުބާވެ ، ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދާ މީހަކީ އެންމެ ބުއްދިވެރި މީހާއެވެ.

Ads by Sosun Fihaara

ރަމަޟާންއާ ބައްދަލުވާން ގާތްވެފައިވާއިރު ، އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ނަފްސު ހިސާބުކޮށް އިޞްލާޙްކުރަން ޖެހޭ ކަންކަން ދެނެގަތުމެވެ. ހިތް ނިޔަތް ޚާލިޞްކޮށް ، ތެދުވެރި ތައުބާއަކުން ތައުބާވުމެވެ. އަދި ހެޔޮ ޢަމަލުތައް ގިނަކޮށް ހެޔޮ ޙާލުގައި ރަމަޟާންއާ ބައްދަލުވުމުގެ ތައުފީގު ދެއްވުން އެދި އަރަހުށި ހުސްތާހިރުވަންތަ ﷲގެ ޙަޟްރަތުން ދުޢާ ދެންނެވުމެވެ.

މީގެ އިތުރުން ވެސް ވިސްނާލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ އަހަރެމެންގެ ހިތްތައް އެކަކު އަނެކަކުގެ މައްޗަށް ސާފު ކޮށްލުމެވެ. ދިރިއުޅުމުގައި ކޮންމެ ދުވަހަކު އަހަރެމެން އެތައް ބަޔަކާ ބައްދަލުވެ އެތައް މުޢާމަލާތްތަކެއް ހިންގާއިރު އެކެއް އަނެކެއްގެ މައްޗަށް ހިތްބުރަވެ ހިތްދަތިކަން ލިބުމަކީ ވާނެ ކަންކަމެވެ. ނަމަވެސް މި ދެންނެވި ކަންކަމާއި އާއިލީ އަދި ރަޙުމަތްތެރީންގެ މެދުގައި އުފެދިގެން އަންނަ ކަންކަމުން އުފެދިގެން އަންނަ ހިތް ނުތަނަވަސްކަން ފިލުވާލާ ، ހިތް ސާފު ކޮށްލުމަކީ ހަމަ ކޮންމެ ދުވަހަކު އަހަރެމެން ކުރާން އޮތް ކަމެކެވެ. އެހެންކަމުން ، މާދަމާއަށް ލަސް ނުކޮށް އުފެދިފައިވާ މައްސަލަތައް ހައްލު ކޮށްލާށެވެ. މަޢާފަށް އެދި ހިތަށާއި ނަފްސަށް ލުއި ހޯދާށެވެ. ހަމަކަށަވަރުން މަޢާފް ކުރުމަކީ ﷲ ތަޢާލާ ލޯބިވެ ވޮޑިގަންނަވާ ޢަމަލެކެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ

އަދި އެއުރެން عفو ކޮށް މާފު ކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމު ހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަ ފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!