ޚަބަރު

މަޖިލީހާ ގުޅުންހުރި މީހަކު ކުށެއް ކުރުމުން މެމްބަރުން ކާކީސޯޓުލާފައި ލަޓިބުރި އަތަށް ނަގަންވެއްޖެ: މޫސަ

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި މީހަކު ކުށެއްކުރުމުން މެމްބަރުން ކާކީސޯޓުލާފައި ލަޓިބުރި އަތަށް ނަގަންވެއްޖެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މޫސަ މިހެން ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމާފައި ވަނިކޮށެވެ.

އެގޮތުން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރާއި ފުލުހުންނާއި ސިފައިންނާ އެހެން މުވައްސަސާތަށް މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ބިރުދައްކަމުންދާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ.

"އެހެންވެ މުޅި ދައުލަތް ޖެހެނީ މަޖިލީހުގެ ކުރިމަތީ ކުޑަކަކޫ ޖަހަން. މަޖިލީހާ ގުޅުން ހުރި މީހަކު ކުށެއްކުރީމަ މެމްބަރުން ކާކީސޯޓުލާފަ ލަޓިބުރި އަތަށް ނަގަންވެއްޖެ." މޫސަ ވިދާޅުވިއެވެ.

ސާފާރީ ރޭޕް ކޭސްގެ މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލާފައި ވަނީ، އެ ދެ މީހުންގެ ތެރެއިން އެކަކީ މަޖިލީހުގެ އަންހެން މެމްބަރެއްގެ ފިރިކަލަކަށް ވުމުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނަމަވެސް ދެ މީހަން ފުލުހުން ދޫކޮށްލުމުގައި ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރަކު ނުފޫޒު ފޯރުވާފައިވާ ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!