ޚަބަރު

ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރަން ހުށަހަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން ސިއްހަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތިން ނަގާ ޑިއުޓީ ބޮޑުކޮށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by STELCO

މި ބިލު މަޖިލީހަށް ހުށަހަޅައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމްއެވެ.

މިއީ އެކި ސިނާޢަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ނަގާ ޑިއުޓީ ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމަށް އިސްކަން ދީގެން އެކުލަވާލާފައިވާ ބިލެއްކަމަށް ބިލް މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ވިސާމް ވިދާޅުވިއެވެ. ބިލުގެ ސަބަބުން ރާއްޖޭގައި އޮޑިދޯނި ފަހަރުގެ މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، އާންމު އެކި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މަސައްކަތަށް ބޭނުންވާ ތަކެތި ގެނަމުގައި ބޮޑެތި ލުއިތަކެއް ދެވިގެންދާނެކަމަށެވެ.

މީގެ އިތުރުން ރާޢްޖޭގައި އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަމަށް ބޭނުންކުރާ އޮޑި ދޯނި ފަހަރާއި ބޯޓު ބަނުމާއި ޢިމާރާތްކުރުމަށް އަދި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށްވެސް ހުށަހަޅާފައި ވެއެވެ.

މިބިލު ހުށަހެޅި މަގްސަދުތަކުގެ ތޭރޭގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން، ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބައެއް ބާވަތުގެ މުދަލުން އިމްޕޯޓް ޑިއުޓީ ނެގުން ކުޑަކުރުން ނުވަތަ ހުއްޓާލުމާއި، ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމަށްޓަކައި އެފަދަ މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ.

މީގެ އިތުރުން އެއްގަމު އުޅަދުފަހަރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަށްތަކެއްގައި ބޭނުންކުރާ ޙާލަތުގައި އެ އުޅަނދުފަހަރަށް ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީ މަޢާފުކުރެވޭ ގޮތަށް ހަމަޖެއްސުމާއި އިމްޕޯޓް ޑިއުޓީ ދެއްކުމަކާ ނުލައި ވަގުތީ ގޮތުން އެތެރެކުރުމުގެ ހުއްދަ ދެމުން އައި އުޅަނދު ފަހަރު އެތެރެކުރުން ހުއްޓާލައި، ވަކި ތާރީޚެއްގެ ފަހުން އެފަދަ އުޅަނދުތަކުން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ ގޮތަށް ކަނޑައެޅުމަށްވެސް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!