މިދިޔަ އަހަރު އެއްކޮށް ގާސިމް ހުންނެވީ ސަލާމުގައި : ނަޝީދު
ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުންނެވެ. ނަޝީދު ވިދާޅުވަނީ ގާސިމް އިބްރާހިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައި ކަމަށާއި މިއަހަރުގެ މިދައުރުގެ މިހާތަނަށް ވެސް ގާސިމް ގެންދަވަނީ ސަލާމް ވިދާޅުވަމުން ކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވަނީ ބައެއް މެމްބަރުން ސަލާމް ވިދާޅުވަމުން އަންނަ ގޮތުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ގިނަ ދުވަހު ސަލާމްގައި ތިއްބަވާ މެމްބަރުން ފާހަގަވާކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ އދ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައި ކަމަށާއި އެފަދައިން މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދު ވެސް ގެންދަވަނީ ސަލާމް ވިދާޅުވަމުން ކަމަށެވެ.