ޚަބަރު

ފަޅު ރަށެއްގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
Police, ފުލުހުން

ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

Ads by STELCO

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާގެ ހަށިގަނޑު ފެނިފައި ވަނީ އެރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އަދި މިމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ފުލުހުން ބުނެފައި ވަނީ ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނުނު މައްސަލަ ފުލުހުންނަށް މިއަދު 11:02 ހާއިރު ހުށަހަޅާފައިވާ ކަމަށާއި މިމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި މިމީހާއަކީ ހަށިގަނޑުން މިމީހާއަކީ ބިދޭސީއެއް ކަަމަށް ބެލެވޭ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!