ކުރީގެ ފިލްމީތަރި ޢަލީ ޝިޔާމްގެ ތާއީދު ވެސް ޑރ.މުޢިއްޒަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ކުރީގެ ފިލްމީތަރި ޢަލީ ޝިޔާމް ވެސް ނިންމައިފިއެވެ.
ޢަލީ ޝިޔާމް ކުރި ޓްވީޓެއްގައި ބުނީ އޭނާއާއި އޭނާގެ ގޭގެ އެންމެންގެ ވޯޓް މުޢިއްޒަށް ދޭން ނިންމައިފި ކަމަށެވެ. އަދި ހުރިހާ ކާމިޔާބެއް ދެއްވުމުގެ ބާރުވެރި ފަރާތް، ﷲ ތަޢާލާގެ ކިބައިން މުއިއްޒަށް ކާމިޔާބު ދެއްވުމުގައި ވާގި އެދޭ ކަމަށް ވެސް ޢަލީ ޝިޔާމް ބުނެފައި ވެއެވެ.
އެމްޑީޕީގެ މެމްބަރު ޢަލީ ޝިޔާމް ބުނެފައި ވަނީ ވަކި ޕާޓީއަކަށް ނިސްބަތް ވިޔަސް ވޯޓްލާން ވީ އެކަށޭނަ ޤާބިލް މީހާއަށް ކަމަށާއި އެހެން ނޫނީ އެ ކުރެވުނީ ގައުމަށް ޣައްދާރުވުން ފަދަ ކަމެއް ކަމަށެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅުއްވާތާ ގިނަ އަހަރުތަކެއްވީ ޢަލީ ޝިޔާމްގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ވެސް ޑރ.މުޢިއްޒަށް ތާއީދު ކުރައްވަމުން ގެންދަވާކަން ފާހަގަ ކޮށްލެވެއެވެ.
ޢަލީ ޝިޔާމާ މެދު ސަރުކާރުން ކަންތައް ކުރައްވާފައިވާ ގޮތް އޭނާ ވަނީ މީގެ ކުރީން ހާމަ ކޮށްފައެވެ. އެގޮތުން ޓްރިވެންޑްރަމްގެ ކޮންސިޔުލޭޓުން ވަޒީފާ ހަމަޖެހިއްޖެ ކަމަށާއި މާލެ އައުމަށް ސަރުކާރުގެ އިސްވެރިއެއް އެންގުމުން އަމިއްލަ ޓިކެޓްގައި މާލެ އައިސް ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޝިފާޒާއި ބައްދަލުކުރުމުން އެއީ އޮޅުމެއް ކަމަށް އަންގާފައިވާ ކަމަށް ޢަލީ ޝިޔާމް ހާމަ ކޮށްފައި ވެއެވެ.
ވަރައްރަނގަޅު
ފިލްމީތަރިއެކޭ ކިތައްފިލްމު ކުޅެގެންބާ ފިލްމީ ތަރިއަކަށްވީ ފިލްމަކުން ނުފެންނާތީ އަހާލީ
ކިހާބޮޑު ބލއއ. ގޯތި ދޭށޭ. ބިންކޮޅެއް ދޭށޭ. ކޮން ފަދަ ބޮޑު މުސީބާތެއްތަ އޭނ. ފްލެޓު ދީބަލަ ބިދޭސީންނަށް. ގޯތި އެއީ އަސާސީ ހައްގެއް ދޯ. ފުލެޓުވެސް ދެްޏާ ދީ ގޯއްޗަކާ އެއްކޮށް. މިހާރު ބޮޑު ވޭނަކަށް ވެޖޭ. ދެން އަމިއްލްޔަށް ގޯތިނަގާ ގެ އެޅީމަ އަންނާނެ އނެއްކާ އެ އަތުލަން. މިއޮތީވާ ގައުމެއް.