ޚަބަރު

ދެ ރައީސުންގެ އަމަލުތައް ސިފަވަނީ މުނާފިގު އަމަލެއްގެ ގޮތުގައި: ޖަމީލް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑްގެ ނުރައްކާ އެންމެންނަށް ދައްކައި ގެއަށް ވެއްދުމަށްފަހު ވެރިން އުޅުއްވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި މިއީ މުނާފިގުންގެ ސިފައެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަމީލް މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލު ކުރުމަށް ހުޅުވާލައިގެން ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާސްކު ނާޅުއްވާ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ނުކުރެެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޖަމީލު ވަނީ ސަރުކާރުގެ ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރި ވަނީތޯ ސުވާލު ކުރައްވާފައެވެ.

"ދެން ކޮން ޙުއްޖަތެއްތޯ އޮތީ އިދިކޮޅު މެންބަރުން ހައްޔަރުކޮށް މުއްދަތު ޖަހަން؟ ވެރިންނާ ޖެހުނީމާ ކޮވިޑްވެސް މައިތިރި ވަނީތޯ؟ މިޢަމަލު ސިފަ ވަނީ ވަރަށް މުނާފިޤް ކަމެއްގެ ގޮތުގައި." ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ އޮފީހުގައި ރައީސް ޞާލިހާއި ރައީސް ނަޝީދު ރޭ ތިއްބެވީ އެޗްޕީއޭ އިން ރަސްމިއްޔާތުތަކާއި ބައްދަލުވުންތައް ބޭއްވުމުގައި އަމަލު ކުރުމަށް 2020 ޑިސެމްބަރ 18 ވަނަ ދުވަހު އިއުލާން ކޮށްފައިވާ ގައިޑްލައިނާ ހިލާފަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!