މުޙައްމަދު އިސްމާއިލްގެ ބަންދަށް 3 ދުވަސް ޖަހައިފި
 
                                                    ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް ޖަަހައިފިއެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ކުރި މުޒާހަރާ ތެރެއިން މުޙައްމަދު އިސްމާއިލް ވަނީ މިދިޔަ ހޯމަ ދުވަހު ވެސް ހައްޔަރު ކޮށްފައެވެ. ނަމަވެސް އެދުވަހު އޭނާ ދޫކޮށްލުމަށްފަހު، އިއްޔެ ހަވީރު އަނެއްކާ ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
މުޙައްމަދު އިސްމާއިލް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފައެވެ.
ސަރުކާރާމެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ، އިދިކޮޅު ކޯލިޝަނުން ދަނީ ސިލްސިލާ އިހުތިޖާޖުތަކެއް ހެނދުނާއި ރޭގަނޑު ވެސް ބާއްވަމުންނެވެ.
 
Ads by Ooredoo
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
