ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ލުއިކޮށް ނުނަގާނަން: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ލުއިކޮށް ނުނަގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ދެކުނުގެ ރަށެއްގައި ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ރޭ ފެންމަތިވުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންނާ މެދު ޖިންސީ ގޯނާކުރުމުގެ މައްސަލަ މި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ލުއިކޮށް ނުނަގާނެ ކަމަށާއި ކުދިންގެ އައިޑެންޓިޓީ ސިއްރުކޮށް، ކުދިންގެ ހައްގު އިތުރަށް ގެއްލުނަ ނުދިނުމުގެ ބޭނުމުގައި ރައްޔިތުން އުއްމީދުކުރާ އަވަސް މިނުގައި ބައެއް މައުލޫމާތު ހާމަނުކުރެވުނަސް ފިޔަވަޅު ދާނީ އަޅަމުން ކަމަށެވެ.

"ދިމާވެގެން އުޅޭ ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަޅަންވާ ފިޔަވަޅު ދަނީ އަޅަމުން. ރިޕޯޓު ކުރެވުނުތާ ދެ ގަޑިއިރުތެރޭ ކުއްޖާ ދައުލަތުގެ ހިމާޔަތުގެ ދަށަށް ގެނެވި، މިހާރު ތުހުމަތު ކުރެވޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެ" އިމްރާން ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލަތައް ދާއިމީ ގޮތެއްގައި ހައްލުކޮށް، މުޖުތަމައުގައި ހިމެނޭ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޖުތަމައުގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ޒިންމާ ވެސް ފުރިހަމަ އަށް އަދާކޮށްގެން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އެ ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިއަދު އެންމެ ފުރަތަމަ ހައްޔަރު ކުރީ އެކުއްޖާގެ ކާފަ އަދި މުނި ކާފައެވެ. އަދި މިރޭގެ ވަގުތެއްގައި ހުޅުމާލެ ފްލެޓެއް ތެރޭ ފިލާ އޮތް އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރު ކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!