ލައިފްސްޓައިލް ލުއި ޚަބަރު

ބޫޓެއް ދިރުވާލި ކިނބުލެއް ސާޖަރީއަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފްލޮރިޑާ، އެމެރިކާ: ފްލޮރިޑާގެ ހައިވާނު ބަގީޗާއެއްގައި އެތަނުގައި ދުއްވާ އެއްގަމު އުޅަނދަކުން ވެއްޓުނު ބޫޓެއް ދިރުވާލި ކިނބުލެއްގެ ސާޖަރީ ހަދައިިފިއެވެ.

Ads by STELCO

ރިޕޯޓްތައް ބުނާ ގޮތުގައި، މި އުޅަނދަކީ އެ ހައިވާނު ބަގީޗާއަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދޭ އުޅަނދެކެވެ. އަދި އެ ބޫޓު ވެއްޓުނީ ނޭނގުމެއްގެ ތެރޭގައި ކަމަށް ވެސް މީޑީއާތަކުން ރިޕޯޓް ކުރެއެވެ.

މި ކިނބުލަށް ފަރުވާ ދޭން ނިންމީ އެބޫޓު ދިރުވާލުމަށް ފަހު އެ ކިނބުލުގެ ސިއްހީ ހާލަތު ދަށަށް ދިއުުމުން ކަމަށް އެ ހައިވާނު ބަގީޗާއިން ބުނެއެވެ. މި ކިނބުލުގެ ސާޖަރީ ހެދި ފްްލޮރިޑާގެ ޔުނިވާސިޓީއެއް ކަމަށްވާ ކޮލެޖް އޮފް ވެޓެރިނަރީ މެޑިސިން އިން ބުނާ ގޮތުގައި 11 ފޫޓުގެ މި ކިނބޫ އެތަނަށް ގެނެސްފައި ވަނީ ފެބްރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

ފަރުވާ ދިނުމުގައި ޑޮކްޓަރުން ފުރަތަމަ މަސައްކަތް ކުރީ ކިނބޫ ދިރުވާލި ބޫޓު އޭގެ ބަޑުން ނެރުމަށްޓަކައި ކިނބޫ ހޮޑު ލައްވާށެވެ. ނަމަވެސް މިކަން ކާމިޔާބު ނުވުމުން އެމީހުން ވަނީ 341 ޕައުންޑު ހުރި މި ކިނބުލުގެ ސާޖަރީއެއް ކޮށްފައެވެ. އަދި މި ސާޖަރީ ވަނީ ކާމިޔާބު ވެފައެވެ.

ސާޖަރީއަށް ފަހު ކިނބުލުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މި ހައިވާނު ބަގީޗާ އިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!