މުނިފޫހިފިލުވުން

މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އަހަންނަށް ތިން ސްޓްރޯކް ޖެހި ހާޓް އެޓޭކެއްވެސް ޖެހުނު: ޑެމީ ލޮވާޓޯ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ޕޮޕް ސްޓާ ޑެމީ ލޮވާޓޯ، މަސްތުވާތަކެތި ބޭނުންކޮށް އޯވަރޑޯޒް ވެގެން 2018 ވަނަ އަހަރު ތިން ސްޓްރޯކް ޖެހި ހާޓް އެޓޭކެއް ވެސް ޖެހުނު ކަމަށް އޭނާ ބުނެފިއެވެ.

Ads by STELCO

އުމުރުން 28 އަހަރުގެ ޑެމީ، ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ބުނީ، ހާޓް އެޓޭކެއް ޖެހި ހާލަތު ދަށްވެ އޭނާ ދުނިޔޭގައި ހުންނާނީ އެންމެ 5 ނުވަތަ 10 މިނެޓަށް ކަމަށް ޑޮކްޓަރުން ވެސް ބުނި ކަމަށެވެ.

މީގެ އިތުރުން ޑެމީ ބުނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވެސް ގެއްލުން ލިބުނު ކަމަށާއި އެކަމުގެ އަސަރު އަދިވެސް ކޮށްފައިހުރި ކަމަށެވެ.

"ބައެއް ފަހަރު އަަހަރެންގެ ދެ ލޮލުގެ ފެނުން ފުސްވެ، ލިޔެފައި ހުންނަ އެއްޗެހި ކިޔުމަށާއި ކާރު ދުއްވަން ވެސް އުނދަގޫވޭ" ޑެމީ ބުންޏެވެ.

ކުޑައިރު ފިލްމެއްގައި ވެސް ހަރަކާތްތެރިވި ޑެމީ ހޮސްޕިޓަލަށް ގެންދިޔައީ 2018 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ޑެމީ ހޮސްޕިޓަލަށް ގެންދިޔައީ ލޮސް އެންޖެލެސްގައި ހުންނަ އޭނާގެ ގެއަށް ވެއްޓިފައި ވަނިކޮށް ބަޔަކަށް ފެނިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!