ޚަބަރު

ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހި ދިވެއްސަކު ނިޔާވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހި ދިވެއްސަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ގދ.ގައްދޫ މީހެކެވެ.

Ads by STELCO

އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އިން ޢާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މީހާ ނިޔާވީ ވެކްސިން ޖެހި ފަހުން ހާލު ސީރިއަސްވެ، ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ގދ.ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކަމަށެވެ.

އަދި އޭނާއާ ގުޅޭ މައުލޫމާތު އާއިލާއިން ފަހުން ހާމަ ކުރާނެ ކަމަށް ބުނެފައިވާ ކަމަށާއި ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ ފިރިހެނެއް ކަމަށާއި އަދި އޭނާ ވެކްސިން ޖަހާފައި ވަނީ ގައްދޫން ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ. ނަމަވެސް ވެކްސިން ޖެހި ތާރީޚެއް ކަށަވަރު ވެފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ނޯޓް: އެޗްޕީއޭއިން މިހާރުވަނީ ކަށަވަރުކޮށްދެއްވާފަ. ނިޔާވެފައިވަނީ އުމުރުން 93 އަހަރުގެ މީހެއް. ނިޔާވި ސަބަބަބު މިހާރުދަނީ ތަޙްޤީޤް ކުރެވެމުން.

  1. ލޮލު

    އަޖަލު ހަމަ ވީމަ ގެންދަވާނެ ދޯ . ވެކުސިިން ޖެހިޔަސް އަދި ނުޖެހިޔަސް . ބުނެވެން އޮންނާނެ ދޯ ވެކުސިންޖަހާފަ ހުއްޓާމަނިޔާވީމާ އެ ވެކުސިން ޖެހުމުގެ ސަބަބުން ކަމަށް