ޚަބަރު

އިންޑިއާގެ އެހީގައި 2000 ހައުސިންގ ޔުނިޓު އަޅަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

އަވައްޓެރި އިންޑިއާގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރާ 2،000 ހައުސިން ޔުނިޓުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

Ads by MWSC

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދުގައެވެ.

މި އެއްބަސްވުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށާއި މިއަދު ސޮއި ކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖަކީ އެކަމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ.

އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން ތިން ކޮޓަރި އަދި ތިން ފާހާނައިގެ 1400 ޔުނިޓާއި، ދެ ކޮޓަރި އަދި ދެ ފާހާނައިގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

  1. ޖާނޭ

    ޢިންޑިޔާ ރައްޔިތުންނަށް ގެދޮރު ނުލިބި އުޅޭއިރު ދިވެހިރާޖެއަކާ އަޅާއިގަނެގެން އުޅުމުގައި ބޮޑު އެދުމެއް އޮންނާނެ. ލިބޭނީ އިންޑިޔާ ކުންފުންޏަކަށް. ޙަވާލުކުރާއިރު އިންތިހާއަށް ރިޝްވަތުނަގާނެ. ނިމޭއިރު ހުންނާނީ ޓާޓާ ފްލެޓް ގޮތަށް ފެންވަރު ދަށްކޮށް. ލޯނު ދައްކަން ޖެހޭނީ އަހަރެމެން ނިކަމެތި ރައްޔިތުންގެ ފައިސާއިން. ކިހާ ތާހިރު.