ޚަބަރު

ކުއްޖާގެ ކާފަ އާއި މުނި ކާފަ މާލެ ގެނެސް ދޫނިދޫގައި ބަންދުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މާލެ ގެނެސް، ދޫނިދޫގައި ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

މި ދެމީހުން މާލެ ގެނައީ ގދ. ކާޑެއްދޫ މަގުން މިއަދު ފަތިހުއެވެ. އެ ދެމީހުން މާލެ ގެނައި އިރު ކުއްޖާގެ މުނިކާފަ އިނީ ފުރޮޅުލީ ގޮނޑީގައެވެ. އަދި ކުއްޖާގެ ކާފަ ހުރީ ކޮޅަށެވެ. ދެމީހުން ކުރެ އެކެއްގެ އަތުގައިވެސް ބިޑިއަޅުވާފައި ނުވެއެވެ.

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެދެބަފައިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައި ވަނީ، ގއ. ގެމަނަފުށީ މެޖިސްޓްރޭޓްކޯޓަށެވެ. އަދި އެ ދެބަފައިންނާ ދެކޮޅަށް އާންމުން ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ މުޒާހަރާ ކުރަން ފެށުމުން، ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ގދ. ކޭޑެއްދޫ ސިފައިންގެ މަރުކަޒަށް އެ ދެ މީހުން ބަދަލުކޮށްފަ އެވެ.

އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާ ގުޅިގެން އިއްޔެ ތިން މީހުން ހައްޔަރު ކުރިއެވެ. އެ ތުއްތު ކުއްޖާގެ ދެ ކާފަގެ އިތުރުން ދެން ހައްޔަރު ކުރީ އެ ކުއްޖާގެ ބައްޕައެވެ. ކުއްޖާގެ ބައްޕަ ވަނީ އިއްޔެ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!