މައްސަލަ ހައްލުކޮށް ކަރަންޓު ދީފި

މާލޭގެ ބައެއް ހިސާބުތަކަށް ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް ހުރިހާ ހިސާބަކަށް ކަރަންޓު ދީފިއެވެ.
ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން މިއަދު ހެނދުނު 10:40 ހާއިރު ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ.
ސްޓެލްކޯއިން ވިދާޅުވީ މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި މައްސަލަ ހައްލުކޮށް 11:19 ގައި ކަރަންޓު ދީފައިވާ ކަމަށެވެ.
ސްޓެލްކޯއިން ވަނީ މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.