ޚަބަރު

މާލޭ މަގުމަތީގައި އަންހެނުންތަކެއް މާރާމާރީއެއް ހިންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭ މަގުމަތީގައި ތިން އަންހެނަކު، އެކަކު އަނެކަކާ ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީއެއް ހިންގައިފިއެވެ.

Ads by MWSC

މިމާރާމާރީ ގެ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެފައިވާއިރު، އެވީޑިއޯއިން ފެންނަ ގޮތުގައި ދެއަންހެނަކު ވަނީ މަގުމަތީގައި ހުރި އަންހެނަކާ ޒުވާބުކޮށް އޭނާ މަގުމައްޗަށް ވައްޓާލާފައެވެ. އަދި މަގުމައްޗަށް ވެއްޓުނު މީހާ ތެދުވެ އޭނާއަށް ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް އެތަނުގައި ހުރި ފިރިހެނަކު އެކަމަށް ހުރަސްއެޅުމުން ބޮޑު މާރާމާރީއަކަށް އެކަން ނުވިއެވެ.

ފިރިހެން މީހާ އެމީހުން ހުއްޓުވުމުން އެކަކު އަނެކަކަށް ހަމަލާ ނުދެވުނު ނަމަވެސް، އެމީހުން ވަނީ މަގުމަތީގައި ހަޑިހުތުރު ބަހުން އެއްޗިހި ގޮވާފައެވެ.

މާރާމާރީ ހިންގި ތިން އަންހެނުން، ދެއްކި ވާހަކަތަކަށް ބަލާއިރު ބެލެވެނީ ކަމަކާ ގުޅޭގޮތުން ރިޕޯޓެއް ކޮށްގެން ހިތްހަމަ ނުޖެހުން ފާޅު ކުރި ކަމަށެވެ.

ވީޑިއޯ އާއްމުކުރި ފަރާތުން ބުނީ މާރާމާރީ ހިންގާފައި ވަނީ 22:30 ކަންހާއިރު ބޮޑުފުންގަނޑު މަގުގައި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!