ޚަބަރު

ލަކްސް ރިސޯޓުން އިތުރު 16 މީހުން ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާ އިން ފެނިފައިވާ ކޮވިޑް-19 ކްލަސްޓާއިން އިތުރު 16 މީހުން ފައްސިވެއްޖެއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރިގޮތުގައި މިއަދު ރިސޯޓުތަކުން ފައްސިވި 20 މީހުންގެ ތެރެއިން 16 މީހުންނަކީ އެ ރިސޯޓުން ފައްސިވި މީހުންނެވެ.

ލަކްސްއިން މިއަދު ފައްސިވި 16 މީހުންނާއެކު އެރިސޯޓުން ފައްސިވި މީހުންގެ އަދަދު ވަނީ  62 އަށް އަރާފައެވެ.

ލަކްސް ރިސޯޓުން ފުރަތަމަ ކޮވިޑް-19 އަށް ބަޔަކު ފައްސިވީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު ނުވަ މީހަކު އެރަށުން ފައްސިވިއިރު 20 ވަނަ ދުވަހު ހަތަރު މީހަކު އަދި 21 ވަނަ ދުވަހު 24 މީހަކު ވަނީ ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!