ކޮވިޑް-19: ލަކްސް ރިސޯޓުން 37 މީހުން ފައްސިވެއްޖެ
ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާސްއިން މިހާތަނަށް 37 މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެރިސޯޓުން މިއަދު އެކަނި ވެސް 24 މީހުން ކޮވިޑަށް ފައްސިވިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ލަކްސް ރިސޯޓުން ފުރަތަމަ ކޮވިޑް-19 އަށް ބަޔަކު ފައްސިވީ މިމަހުގެ 19 ވަނަ ދުވަހު ކަމަށާއި އެދުވަހު ނުވަ މީހަކު އެރަށުން ފައްސިވި ކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހު ހަތަރު މީހަކު އެރިސޯޓުން ފައްސިވި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ލަކްސް ރިސޯޓުން ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި ފަތުރުވެރިން ހިމެނޭ ކަމެއް ޑރ.ނަޒްލާ ހާމައެއް ނުކުރައްވައެވެ.