ދުނިޔެ

ކޮވީޝީލްޑްގެ ދެވަނަ ޑޯޒް ޖެހި އިންޑިއާގެ އަންހެނަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ މަދްޔާޕްރަދޭޝްގެ 58 އަހަރުގެ އަންހެނަކު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ 12 ގަޑިއިރު ފަހުން މަރުވެއްޖެއެވެ.

Ads by WAMCO

މި އަންހެން މީހާ ކޮވީޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ވެކްސިން ޖެހުމަށް ފަހު އޭނާގެ ހާލަތު އެރޭ ގޯސްވުމުން އޭނާ ވަނީ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދެވިފައި ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ޞިއްހީ ދާއިރާގައި އިދާރީ މަސައްކަތް ކުރާ މި މީހާ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށް އެރޭގެ ވަގުތެއްގައި ވަނީ މަރުވެފައެވެ.

މަދިޔާޕްރަދޭޝްގެ ޗީޕް މެޑިކަލް ހެލްތު އޮފިސަރ ވަނީ މި އަންހެންމީހާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އޭނާގެ ރިޕޯޓް 3 ދުވަސް ތެރޭގައި ލިބޭނެ ކަމަށް ވެސް އޭނާ ބުނެއެވެ.

މި އަންހެން މީހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ މީގެ 28 ދުވަސް ކުރިން ކަމަށާއި އަދި އެފަހަރު އޭނާއަށް އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!