ޚަބަރު

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސި 243 ފަތުރުވެރިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާ ހޯދަމުން އަންނަ 200 އަށް ވުރެ ގިނަ ފަތުރުވެރިން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 312 ފަތުރުވެރިއަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 0.18 އިންސައްތައެވެ.

ބައްޔަށް ފައްސިވި ފަތުރުވެރިންގެ ތެރެއިން 69 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 243 ފަތުރުވެރިން އަދިވެސް އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް 343،447 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. ކޮވިޑުން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ އަަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ވެސް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 224 ފަތުރުވެރިން މި ބައްޔަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 އަށް ފައްސިވާ ފަތުރުވެރިންގެ އަދަދު ނިސްބަތުން މަދު ނަމަވެސް، ބައެއް ރިސޯޓުތަކުގައި ވަނީ ކޮވިޑްގެ ބޮޑެތި ކްލަސްޓާތައް އުފެދިފައެވެ. މިގޮތުން ކޮވިޑް-19 ފެތުރި ބައެއް ރިސޯޓުތައް ބަންދު ކޮށްފައިވާ ކަން ވެސް ފާހަގަކޮ ށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!