ޚަބަރު

މުޒާހަރާ ކުރިއަށް ގެންދިއުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޖީ ވަރަށް ރަނގަޅަށް އެނގޭ: އިމްރާން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މުޒާހަރާ ކުރިއަށް ގެންދެވުމުގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުالله ގެންގުޅުއްވާނެ ސްޓްރެޖީ އެނގޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

Ads by MWSC

އިމްރާން މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

"މުޒާހަރާ ކުރިއަށް ގެންދިޔުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓެރެޓެޖީ ، އަލްޙަމްދުލިﷲ، ވަރަށް ރަނގަޅަށް އެނގޭ" އިމްރާން ވިދާޅުވެފައި ވެއެވެ.

އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާގައި އަދުރޭ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާއިރު މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ނެރުނު ބަޔާން ރިޓްވީޓް ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަނޭޅޭ ގޮތް ބަލައިގެން ކަމަށެވެ.

މިއަދުގެ މުޒާހަރާގައި އިދިކޮޅު ލީޑާރޝިޕްގެ ގިނަ ބޭފުޅުން ވަނީ ހައްޔަރު ކޮށްފައެވެ. އެގޮތުން، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް، ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް)، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން މިއަދުގެ މުޒާހަރާއިން ގިނަ އާންމު ރައްޔިތުން ތަކެއް ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެގޮތުން 30 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

Ads by Allied Insurance
  1. ދާދު

    ތިބޭފުޅާ ވިދާޅުވި އަފްރާޝީމް އަވަހާރަކޮށްލި މީހުންވެސް އިނގޭކަމަށް އެކަމަކު ފަހުން ވިދާޅުވީ ޑޮކިއުމަންޓްސް ގެއްލުނު ކަމަށް. ތިބޭފުޅާއަކީވެސް ކިހާވަރެއްގެ ބޭފުޅެއްކަން އަހަރުންނަށްވެސް އިނގޭ