އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި ގިނަ ބަޔަކު ދޫކޮށްލައިފި
މިއަދު އިދިކޮޅުން ބޭއްވި އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ ބަޔަކު ހޯދާފައެވެ.
މިއަދުގެ މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި މަޖިލިސް މެންބަރުން ވެސް ހިމެނެއެވެ. ނަމަވެސް އޭގެ ތެރެއިން ވެސް ގިނަ ބޭފުޅުން މިހާރު ވަނީ ދޫކޮށްލެވިފައެވެ.
މިއަދުގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.
މީގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ދޫކޮށްލައިފައިވާއިރު މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޕީޕީއެމް އަދި ޕީއެންސީގެ ބައެއް ކައުންސިލް މެންބަރުން ވެސް މިހާރު ވަނީ ދޫކޮށްލެވިފައެވެ. އަދި މުޒާހަރާގައި ބައިވެރިވި ގިނަ އާންމުން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ
މިއަދުގެ މުޒާހަރާގައި 30އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.