ކާނިވާ ސަރަޙައްދުގައި ހުރި ގުދަންތައް ހުސްކުރަން އަންގައިފި

ކާނިވާ ސަރަޙައްދުގައި ހުރި ގުދަންތައް ހުސްކުރުމަށް މާލެސިޓީ ކައުންސިލުން އަންގައިފިއެވެ.
އެކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާނިވާ ސަރަޙައްދުގެ އިރު ދެކުނު ފަރާތުގައި ހިންގަމުންގެންދާ ޑޮލްފިން ވިޔު ކެފޭއާ އިންވެގެން ހުޅަނގަށް ހުރި ގުދަންތައް މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ހޯދުމަށް އެ އިދާރާއިން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ލިޔުމެއް ހުށަހަޅައި، އެ އިއުލާނަށް އިޖާބައެއް ދީފައި ނުވާ ކަމަށެވެ.
ނަމަވެސް އެ ގުދަންތަކުގައި މުދަލާއި ތަކެތި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން އެ ގުދަންތަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، ގުދަނަށް ވައްދާފައިވާ މުދަލާއި ތަކެތި، 3 މާރޗް 2021ގެ ކުރިން އެގުދަންތަކުން ނެރެ އެތަކެތި ގެންގޮސް، ގުދަންތައް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.