ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. 

Ads by MWSC

ފުލުހުން ބުނީ އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށެވެ.

މި އަމުރާ ގުޅިގެން  ހޯދަމުންދަނީ، ވ. ފެލިދޫ، ކަނީރުހައުސް، އިބްރާހިމް ޢަލީ (37އ) އެވެ.

އިބްރާހިމް ޢަލީ ހޯދަމުން ދަނީ އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ ސާބިތު ޚަރަދު ހޯދުމުގެ ޤަޟިއްޔާއާއި ގުޅިގެން މަތިވެރި ކޯޓުންނާއި ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓާއި ފެމިލީ ކޯޓުގެ މެސެޖުން ކޯޓަށް ޙާޟިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓުން ހަމަޖައްސާ ދުވަހެއްގައި އެކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އިބްރާހިމް ޢަލީ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!