ޚަބަރު

ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓްކޮށް އަނެއްކާ ވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

މިއަދު ޢާންމުކުރި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މާރޗް މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30އިން މެންދުރުފަހު 01:00އަށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00އިން ހަވީރު 05:00އަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި އޮތީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ. އެ ތާރީޚުގައި އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ނިންމީ އިންތިހާބުގެ ވަގުތީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 100 އަށް ވުރެން ގިނަ ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!