ޚަބަރު

އިތުބާރު ނެތް ކަމަށް ނަގަންވީ ރައީސް ޞާލިހުގެ: އާދަމް ޝަރީފް އުމަރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކޯލިޝަން ސަރުކާރު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ، ވައުދުތައް ނުފުއްދުމުން ވަޒީރުން ވަކިކޮށްގެން މައްސަލަ އޮއްބާލުމަށް ކަމަށެވެ.

އަދި ސަރުކާރުން ވީ ވައުދު ނުފުދުމުން އޭގެ ޒިންމާ އެ ނަގަން ޖެހުނީ މިނިސްޓަރު މަލީހު ކަމުގައި ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި  މިއީ ސަރުކާރު ކޯލިޝަން ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަންވީ މަލީހުގެ ނޫން ކަމަށާއި ރައީސް ޞާލިހުގެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާލަތުގައި އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަންވީ މިނިސްޓަރ މަލީހުގެ އެއް ނޫން. އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަންވީ ރައީސް ޞާލިހުގެ. އެމަނިކުފާނު ވެފައިވާ ވައުދުތައް ނުފުއްދިގެން ރައްޔިތުންގެ އިތުބާރު ގެއްލުމުން މިހުރިހާ މައްސަލައެއް މިދިމާވަނީ." އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!