ކުޅިވަރު

މެންޗެސްޓަރ ސިޓީން މެސީ ގަންނަނީ!

ދެން އެމްވީ ، ދެން އޮންލައިން

ބާސެލޯނާގެ ކެޕްޓަން ލަޔަނަލް މެސީ އަންނަ ސީޒަނަށްފަހު ކުލަބު ދޫކޮށްލަން އުޅޭ އަޑުތައް މިވަނީ ގަދަވެފައެވެ. ކުލަބުގެ ބޯޑާއި މައްސަލަޖެހި މެސީ އެކުލަބު ދޫކޮށްލަން ބޭނުންވަނީ އޭނާގެ ނުފޫޒު ކުލަބުގެ ހިންގުމުގައި އޮތްކަމަށް މީޑީޔާތަކުން ރިޕޯޓްކުރަމުން ދަނިކޮށެވެ.

Ads by STELCO

މެސީ ހޯދުމަށް މީގެ ކުރިންވެސް އަރަބި މަހުޖަނުން ހިންގަމުން އަންނަ ސިޓީއިން މަސައްކަތްކުރިއެވެ. އެކަމަކު އެފަހަރު މެސީއަށް ބޮޑު އަގެއް ދޭން ޖެހޭތީ އެކުލަބުން އެކަންތައް މަޑު ޖައްސާލީއެވެ.

ބާސެލޯނާ ދޫކޮށްލަން މެސީ ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި އޭނާ ގަންނަން މަސައްކަތްކުރާނެ ލަފާކުރެވޭ އެންމެ ފުރަތަމަ ޓީމަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓިއެވެ.

އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުން 33 އަހަރުގެ މެސީ ސިޓީން ގަންނާނީ އަންނަ ސީޒަނަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ކުލަބު ދޫކޮށްލުމުންނެވެ. ގާޑިއޯލާ ހުއްޓާ މެސީ އެކުލަބަށް ސިޓީން ނުގެންނާނެކަމަށް ބެލެވެއެވެ. ސަބަބަކީ ގާޑިއޯލާ މިހާރު ކުޅޭ ސިސްޓަމްގައި މެސީގެ ބޭނުންކުރެވޭނެ މިންވަރު ދަށްވުމެވެ.

މެސީ މެންޗެސްޓަރ ސިޓީއާއި ގުޅުމަކީ ހަމަޔަގީނުން ދުނިޔޭގެ އެންމެ އަގުބޮޑު ލީގަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން މެސީއާއި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެ ކާމިޔާބީތައް ހޯދާފައިވުމަކީ މެންޗެސްޓަރ ސިޓީން މެސީ ހޯދަން އަމާޒުކޮށްފައިވާ އެއް ސަބަބެވެ. މިއީ ޔުނައިޓެޑާއި ސިޓީގެ ވާދަވެރިކަންވެސް އިތުރުވާނެކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!