ޚަބަރު

ވައުދާމެދު އުފާ ކުރަން ، މުއިއްޒު އެޅި އަދަދާ ގާތްކުރާ އަދަދަށް ވެސް އެހެން މީހަކަށް ފްލެޓް އެޅިފައެއް ނެތް: ރުކުމާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހެޔޮ ވެރިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އިންސާނީ ޙައްޤެއް ކަމަށް ފާހަގަ ކުރައްވާ އެންމެ ފަހު މީހާއަށް އެ ޙައްގު ލިބެން ދެން މަސައްކަތް ކުރައްވާނެ ކަމަށް މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ޢަބުދުލްކަރީމް ، ރުކުމާ ތައުރީފް ކުރައްވައިފިއެވެ.

Ads by STELCO

މުއިއްޒުގެ އެ ވާހަކަފުޅާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ރުކުމާ ވިދާޅުވީ މުއިއްޒުގެ ވައުދާ މެދު ވަރަށް އުފާ ވެއްޖެ ކަމަށާއި މުއިއްޒު ވިދާޅުވުމުން އެކަން ޔަގީން ކުރައްވާ ކަމަށެވެ. އެއީ މުއިއްޒު އެޅުއްވި އަދަދާ ގާތް ކުރާ މިންވަރަށް ވެސް އެހެން މީހަކަށް ފްލެޓް އެޅިފައި ނުވާތީ ކަމަށާއި “މުއިއްޒަކީ ފްލެޓް ބައްޕަ” ކަމަށް ވެސް މާލޭ މޭޔަރު ކަމަށް މުއިއްޒަށް ތާއީދު ކުރައްވާ ރުކުމާ ވިދާޅުވިއެވެ.

ރުކުމާ މިފަދައިން ވިދާޅުވިއިރު ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގާފައި ވަނީ މުއިއްޒު ، ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!