ދުނިޔެ

ވައިޓް ހައުސްއިން ނިކުތުމުގެ ކުރިން ޓްރަމްޕް ވެކްސިން ޖެހިކަމަށް ރިޕޯޓުތައް ބުނެފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް، ކޮވިޑް-19އިން ރައްކާތެރިވުމަށް ޖެނުއަރީ މަސް ތެރޭގައި ވެކްސިން ޖެއްސެވި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara

ޓްރަމްޕްގެ އެޑްޒައިޒަރަކާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްރަމްޕާއި އަނބިކަނބަލުން ސިއްރުން ވެކްސިން ޖެއްސެވީ ވައިޓް ހައުސްއިން ނިކުމެވަޑައިގަތުމުގެ ކުރިންނެވެ.

ވައިޓް ހައުސްގެ އޮފިޝަލުން މީގެ ކުރިން ބުނެފައި ވަނީ ޓްރަމްޕް ވެކްސިން ޖައްސަވާނީ، އޭނާ ކޮވިޑް-19 އިންފެކްޝަން އަށް ބޭނުން ކުރައްވަމުން އައި ބޭސް ބޭނުންކޮށް ނިމުމުން ކަމަށެވެ. ޓްރަމްޕް ކޮވިޑް-19އަށް ބޭސް ބޭނުން ކުރައްވަން ފެއްޓެވީ އޮކްޓޯބަރު މަހު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެންނެވެ.

މިހާތަނަށް ވެސް ޓްރަމްޕް އަދި މެލާނިއާ ވެސް ވެކްސިން ޖެހިކޮށް ރަސްމީކޮށް ހާމަ ކޮށްފައި ނުވާއިރު، ރައީސް ކަމުގައި ހުންނެވި އިރު ޓްރަމްޕް ފާހަގަވެގެން ދިޔައީ ކޮވިޑް-19 ބަލިމަޑުކަމަކީ އެހާ ސީރިއަސް ނޫން ކަމެއްގެ ގޮތުގައި ނެންގެވި ރައީސެއްގެ ގޮތުގައެވެ. އެގޮތުން ޓްރަމްޕް ވަނީ ކޮވިޑް-19 ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް ވައިޓް ހައުސްއިން ނިކުމެވަޑައިގަތުމުގެ ކުރިން ޓްރަމްޕް އެންމެ ފަހުން ދެއްވި ސްޕީޗުގައި ޓްރަމްޕްގެ ވާހަކަތައް ބަދަލު ވެފައިވާކަން ގިނަ ބަޔަކު ފާހަގަކުރިއެވެ. އެގޮތުން ޓްރަމްޕް ވަނީ އެމެރިކާ ހުރިހާ ރައްޔިތުންގެ ކިބައިން ކޮވިޑް-19 ވެކްސިން ޖެހުމަށް އެދިވަޑައިގެންފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!