ދުނިޔެ

ޕްރިންސް ފިލިޕްގެ ހާލު ކުޑަކޮށް ރަނގަޅު: ކެމިލާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އުމުރުފުޅުން 99 އަހަރުގެ ޕްރިންސް ޗާލްސްގެ ހާލު މިހާރު ކުޑަކޮށް ރަނގަޅުކަމަށް ދަނބިދަރިކަލުން ޑަޗެސް އޮފް ވޭލްސް ކެމިލާ ބުނެފިއެވެ.

Ads by Sosun Fihaara

ފިލިޕްސް ލަންޑަންޑް ކިންގް އެޑްވަޑް 7 ހޮސްޕިޓަލްގައި އޮތުމަށް ފަހު ހޯމަ ދުވަހު ވަނީ އެސްޓީ ބާތްމެލޯ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މި ހޮސްޕިޓަލަކީ ހިތުގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެކެވެ.

ޝާހީ އާއިލާއިން ބުނެފައި ވަނީ ފިލިޕް އެޑްމިޓްކުރީ މާ ބޮޑަށް ވަރު ދެރަވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި ސިއްހީ ހާލަތާ މެދު މި ވަގުތު ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.

މިދިޔަ މަހު ރާނީ އާއި ފިލިޕް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވާއިރު، ފިލިޕްގެ ސިއްހީ ހާލުކޮޅާ ކޮވިޑް-19 އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ބުދަ ދުވަހު ޑަޗެސް އޮފް ވޭލްސް ކެމިލާ ވެކްސިނޭޝަން ސެންޓަރަކަށް ޒިޔާރަތް ކުރުމުން ވޮލިންޓިއަރަކު ވަނީ އޭނާ ގާތު ޕްރިންސް ފިލިޕްގެ ހާލު އަހާފައެވެ. މިހާރު ފިލިޕްގެ ހާލު ކުރިއަށްވުރެ ތަންކޮޅެއް ރަނގަޅު ކަމަށް ކެމިލާ ވަނީ ބުނެފައެވެ.

ފިލިޕް ހޮސްޕިޓަލުގައި އޮންނަވާތާ 15 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ބާއްވާފައިވާ އެންމެ ދިގު މުއްދަތުކަން ފާހަގަކޮށްލެވެއެވެ

މި ފަހަކަށް އައިސް ފިލިޕްގެ ސިއްހީ ހާލަތު ދޭތެރެ ދޭތެރެ އިން ގޯސްވާތީ ވަރަށް އަވަސް އަވަހަށް ފަރުވާދޭން ޖެހިފައި ވެއެވެ. އެގޮތުން 2019 ގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެޑްމިޓްކޮށް ފަރުވާ ދީފައި ވެއެވެ.

ޕްރިންސް ޕިލިޕަކީ ޕްރިންސް ޗާލްސްގެ ބައްޕާފުޅެވެ. ކެމިލާއަކީ ޕްރިންސް ޗާލްސްގެ އަނބިކަނބަލުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!