ޚަބަރު

އެމްއެންޔޫއިން 14 ދުވަހަށް ޑރ. ޢިޔާޟް ސަސްޕެންޑުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް އެ ޔުނިވާސިޓީގައި ކިޔަވައި ދިނުމުން ސަސްޕެންޑު ކޮށްފިއެވެ.

Ads by Sosun Fihaara

އެމްއެންޔޫ ގެ ބޭފުޅަކު، ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން ބުނީ 14 ދުވަހަށް ސަސްޕެންޑު ކޮށްފައިވާކަން ޑރ. ޢިޔާޟް ވަނީ އެމަނިކުފާނުގެ ދަރިވަރުންނަށް ވެސް އަންގާފައި ކަމަށެވެ.

ނަމަވެސް ޑރ. ޢިޔާޟް ސަސްޕެންޑު ކޮށްފައި ވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވާލުމަށް އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަރީފް އަށް "ދެން" ގެ ފަރާތުން ގުޅާލުމުން، އެޗްއާރް އިން މައުލޫމާތު އޮޅުން ފިލުވުމަށްފަހު އެމަނިކުފާނު ވިދާޅުވީ ޑރ. ޢިޔާޟް ހުންނެވީ އެޑްމިނިސްޓްރޭޓިވް ޕޭ ލީވްއެއްގައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޑރ. ޢިޔާޟް އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޑރ. ޢިޔާޒް އަކީ އެމްއެންޔޫ ގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ގައި އުނގަންނަވާ ދެއްވަމުން ގެންދަވާ ސީނިއާ ލެކްޗަރަރ އެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!