ކުޅިވަރު

ވީއޭއާރުން އަބަދުވެސް ގޮތް ނިންމަނީ ރެއާލްއާއި އެއްކޮޅަށްކަމަށް ބުނެ ބާސާގެ ރައީސް ރުޅިގަދަވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސްޕެނިޝް ލަލީގާގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ އަބަދުވެސް ގޮތް ނިންމަނީ ވަކި ޓީމަކާއި އެއްކޮޅަށްކަމަށް ބާސެލޯނާގެ ރައީސް ވިދާޅުވެއްޖެއެވެ.

Ads by MWSC

ބާސެލޯނާގެ ރައީސް ޖޯސެފް މަރިއާ ބާޓެމެއު މިމޭރުމުން ވާހަކަދައްކާފައިމިވަނީ ވާދަވެރި ރެއާލް މެޑްރިޑަށް ވީއޭއާރުގެ ސަބަބުން ފައިދާކުރާކަމަށް ބުނެ ގިނަ ބަޔަކު އަޑު އުފުލާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ބާސެލޯނާގެ ބައެއް ކުޅުންތެރިންނާއި ރެއާލްއާއި ދެކޮޅަށް ކުޅުނު ބައެއް ކުޅުންތެރިންވެސްވަނީ މިކަން ފާހަގަކޮށްފައެވެ.

ކޮވިޑް-19ގެ މެދުކެނޑުމަކަށްފަހު ލީގުގެ ކުޅުން މިދިޔަ މަހު ފެށިއިރު، މިހާތަނަށް ރެއާލް މެޑްރިޑާއި އެއްކޮޅަށް ވީއޭއާރުން ނިންމާފައިވާ ނިންމުންތައް ގިނަކަމަށް ބާސެލޯނާގެ ވައިސްކެޕްޓަން ޖެރާޑް ޕީކޭވަނީ ބުނެފައެވެ. މިކަމާއި ހިތްހަމަނުޖެހިގެން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްވަނީ ޕިކޭއަށް ރައްދުދީފައެވެ.

ރެއާލް މެޑްރިޑުން އެންމެ ފަހުން ކުޅުނު 6 މެޗުގައި އެޓީމަށްވަނީ 4 ޕެނަލްޓީ ދީފައެވެ. މީގެ ތެރެއިން ގިނަ ޕެނަލްޓީތަކަކީ މެޗުން ރެއާލް ހަނި ތަފާތަކުން މޮޅުވި ގޯލްތަކެވެ. އެހެންކަމުން މިއީ އެޓީމަށް ތާވަލްގެ އެއްވަނައަށް އެރި ސަބަބުކަމަށް ގިނަ ބަޔަކު ބުނެއެވެ.

ބާސެލޯނާގެ ރައީސް ވިދާޅުވީ ވީއޭއާރަކީ ރެފްރީންނަށް ހެދޭ ގޯސްތައް ރަނގަޅުކުރަން ހުންނަ އެއްޗެއްކަމަށާއި، ވަކި ޓީމަކަށް "ފޭވާ"ކޮށްފައި ގޮތް ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށެވެ.

އޭނާ ވިދާޅުވީ ވީއޭއާރުގެ ސަބަބުން ނަތީޖާތަކަށް އަސަރުކޮށް ލީގުގެ މަގާމަށް ބަދަލު އައުމަކީ އެހެން ހުރިހާ ޓީމަކަށްވެސް ލިބޭނެ މާޔޫސްކަމެއްކަމަށެވެ. ވަކި ބަޔަކަށް ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން އޮފިޝަލުން މަސައްކަތްކުރަމުން އަންނަކަމަށް ބާސެލޯނާގެ ރައީސް ތުހުމަތުކުރެއްވިއެވެ.

ލަލީގާ ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ. ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓް ކުރީގައި އޮތް ރެއާލްއަށް ލީގު ޗެމްޕިއަންކަން ޔަގީންކުރަން ބާކީ އޮތް ތިން މެޗުން ބޭނުންވަނީ 5 ޕޮއިންޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!