ފުލުހުންނަށް ޗުއްޓީ ދިނުން ވަގުތީގޮތުން ހުއްޓާލައިފި

ފުލުހުންނަށް ޗުއްޓީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެެ.
ފުލުހުން ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ލެވެލް ދެއަކަށް މަތި ކުރެވި އަހަރީ ޗުއްޓީ ދިނުން ހުއްޓާލައިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަނަލް ހާލަތާއި ގުޅިގެން ޗުއްޓީ ހިފެހެއްޓުމަކީ ފުލުހުން އަބަދުވެސް އަމަލު ކުރަމުން ގެންދާ އުސޫލެއް ކަމަށެވެ.
ޗުއްޓީ ހިފެހެެއްޓި ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެހެން ނަމަވެސް، މުވައްޒަފުންނަށާއި އާއިލާގެ މެންބަރުންނަށް ދިމާވާ އެމަރޖެންސީ ކަންކަމާ ގުޅިގެންނާއި ކައިވެނި ކުރުންފަދަ މުހިންމު ކަންތައްތަކާ ގުޅިގެން މިހާރު ވެސް ޗުއްޓީ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އަންނަނީ ކޮވިޑް-19 ބަލިމަޑުމަޑުކަމާ ގުޅިގެން ފްރޮންޓްލައިންގައި އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ވަމުންނެވެ.