ޚަބަރު

އެމްއެންޔޫ ކެސްޕަސް މަސައްކަތް ހުއްޓިފައިވަނީ ލ.ގަމު ކައުންސިލުން ބިން ދޫކޮށްފައިނުވާތީ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ލ. ގަމުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އަައު ކެމްޕަހުގެ މަސައްކަތް ހުއްޓިފައި ވަނީ ގަމު ކައުންސިލުން އެކަމަށް ބޭނުންވާ ބިން ފޯރުކޮށްދީފައި ނުވާތީ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ފަށާފައިވާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ވާޗުއަލްކޮށް ލާމު އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވަވާ މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އެއަތޮޅު ރައްޔިތުންނަށް ދިމާވެފައިވާ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ކައުންސިލުން ރައީސްއާ ކުރި ސުވާލުތަކަށް ޖަވާބު އަރުވާފައެވެ.

މިގޮތުން، ގަމު ކައުންސިލަށް އެމްޑީޕީން ކުރިމަތިލައްވާ ކައުންސިލަރަކު، ގަމުގައި އެޅުމަށް ހަމަޖެހިފައިވާ އެމްއެންޔޫ ކެމްޕަސް އޮތް ހިސާބެއް ސާފުކޮށްދިނުމަށް އެދުމުން ރައީސް ވިދާޅުވީ، އެމަޝްރޫޢު ކުރިޔަށް ނުގޮސްފައި ވަނީ ކައުންސިލުން ބިން ދޫނުކުރުގެ ސަބަބުން ކަމަށެވެ. އަދި ބިން ދޫކުރިހާ އަވަހަކަށް މަސައްކަތް ޓެންޑަރ ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެމްއެންޔޫ ކެމްޕަސް މަޝްރޫޢު ގޮސްފައި އޮތް ހިސާބަކީ، ބިން ހަމަނުޖެހިފައި އޮތް ކަމަށް މިވަނީ، ކައުންސިލް އިން ބިން ދިންހާ އަވަހަކަށް ޓެންޑަރ ކުރަން ޖެހިފައިވަނީ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ގަމުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޓޫރިޒަމް ޓްރެއިނިންގ ފެސިލިޓީއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިމަސައްކަތަކީ ޕަބްލިކް ޕްރިވެޓް ޕާރޓްނަރޝިޕް (ޕީއެސްއައިޕީ) ގެ ދަށުން ކުރިޔަށްދާ ކަމެއް ކަމަށާއި، އެމަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އަށް ހުޅުވާލެވޭނެކަން ރައީސް ހާމަކުރެއްވި އެވެ.

ލާމު ގަމުގައި އެމްއެންޔޫ ކެންޕަސް ހިންގަމުން އަންނަނީ، މަތިމަރަދޫ ސްކޫލް ކުރިން ހިންގި އިމާރާތުގައެވެ. މިއިމާރާތް މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!