ޚަބަރު

1 ކޮޓަރީގެ ފްލެޓް ނުގަންނަން ސަރުކާރުން ނިންމި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ހިޔާ މަޝްރޫޢު އިފްތިތާޙް ކުރެއްވުމަށް ރައީސް ޔާމީންގެ ޒަޢާމަތުގައި ބޭއްވި ރަސްމިއްޔާތު

ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯއިން އެޅި އެއް ކޮޓަރީގެ ފްލެޓްތައް ގަންނަން ސަރުކާރުން ބޭނުން ނުވިކަން ހާމަ ވެއްޖެއެވެ.

Ads by STELCO

ކުރީގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ތެރެއިން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދޭން އެއްބަސްވެ ސްޓެލްކޯ އިން ނިންމީ 15 ބުރީގެ ދެ ޓަވަރު އަޅާށެވެ.އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނޭ ގޮތުން ޖުމްލަ 384 އެޕާޓްމެންޓް ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 144 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 240 އެޕާޓްމެންޓެވެ. މީގެތެރެއިން 1 ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ވިއްކަން ޖެހޭ ގޮތަށް ވަނީ އެއްބަސް ވެފައެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓްތައް ދިންގޮތާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިސް ކޮމެޓީން ނިންމި ރިޕޯޓް މިއަދު މަޖިލިސްގައި އާއް މުކޮށްފައި ވާއިރު، އެރިޕޯޓްގައި ބުނީ ސްޓެލްކޯގެ އެއް ކޮޓަރީގެ 72 އެޕާޓްމަންޓް ގަންނަން ބޭނުން ނުވާކަން ސަރުކާރުން އެންގި ކަމަށެވެ.  އަދި އެ ބަަދަލާއެކު އެއް ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް ، ދޭއް އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ބަދަލުކުރަން ނިންމުމުން 35 އެޕާޓްމަންޓް މަދުވެގެން ދިޔަ ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.

އެއް ކޮޓަރީގެ ފްލެޓްތައް ހާއްސަކުރީ ( H11 )- އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށާއި (H13)- (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އިތުރުން (H15)- އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށެވެ. މި ސަރުކާރުން ވަނީ އެ ކެޓަގަރީ އުވާލާ ހުށައެޅި ފޯމްތައް ބާތިލް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!