ލުއި ޚަބަރު

ޓެކްސީ ޑްރައިވަރު މާސްކު އަަޅަން އެދުމުން ފަސިންޖަރުން ފެށީ ކެއްސަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފަސިންޖަރުންގެ ގާތުގައި މާސްކު އަޅަން ބުނުމުން ޓެކްސީ ޑްރައިވަރަކަށް ފުރައްސާރަ ކޮށްފިއެވެ. 

Ads by Hajj Corporation

އުމުރުން 32 އަހަރުގެ ސުބްހަކަރް ޚަދްކާ ނަމަކަށް ކިޔާ މި ޑްރައިވަރު ބުނެފައި ވަނީ އެއީ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެން ފްރެންސިސްކޯ އިން ޓެކްސީ އަށް އެރި އަންހެން ތިން ފަސިންޖަރުން ކަމަށެވެ. 

ޓެކްސީގެ ސީސީޓީވީ ފުޓޭޖް އިން ފެންނަ ގޮތުގައި މި ތިން އަންހެނުން ޓެކްސީގެ ފަހަތު ސީޓުގައި ތިބި އިރު، އެތަނުން އެކަކު ޓެކްސީ ޑްރައިވަރާ ދިމާލަށް ކެއްސަމުން ދިޔައެވެ. އަދި އޭގެ ފަހުން ކުރިއަށް ޖެހިލައި ޑްރައިވަރުގެ ފޯން ނެގުމަށް ފަހު އޭނާ އަޅައިގެން ހުރި މާސްކް ވީދާލާ މަންޒަރު ވެސް ފުޓޭޖުން ފެނިގެން ދެއެވެ. 

އަދި އެތަނުން އެހެން އަންހެނަކު ވަނީ ޓެކްސީ އިން ފައިބަމުން ޓެކްސީގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައިފައެވެ. އާދިއްތަ ދުވަހު ހިނގައިދިޔަ މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.  

މި ކަމާ ގުޅިގެން ޚަދްކާ ވަނީ އޭނާ އަށް ފުރައްސާރަ ކުރި ކަމުގައި ވިޔަސް އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށެވެ. އެމީހުންނަށް އަނިޔާ ވެސް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާ އަކީ ބަދަލު ހިފުމުގެ ރޫހު ނެތް މީހެއް ކަމަށާއި އެއީ އެގޮތަށް ތަރުބިއްޔަތު ކޮށްފައި ނެތީމަ ކަމަށް ވެސް ޚަދްކާ ވަނީ ބުނެފައެވެ. 

ޚަދްކާ ބުނިގޮތުގައި އޭނާ އަށް ފުރައްސާރަ ކޮށްފައި ވަނީ މާސްކަ އަޅަން ބުނުމުންނެވެ. އަދި އެ އަންހެން މީހާ މާސްކް އަޅަން ދެކޮޅު ހެދުމުން މާސްކެއް ގަންނަން ކައިރީގައި ހުރި ގޭސް ސްޓޭޝަން އަކަށް ވެސް މަޑުކުރި ކަމަށެވެ. 

މި ހާދިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ޓެކްސީ ސެންޓަރުން ޚަދްކާ އަށް 120 ޑޮލަރު ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!