ސްޕައިސްޖެޓް ދެ ޕައިލެޓުން ކޮކްޕިޓު ތެރޭ ކޮފީ ބުއިމުން "ގްރައުންޑު" ކޮށްފި

އިންޑިއާގެ އެއާލައިނެއް ކަމަށްވާ ސްޕައިސްޖެޓްގެ ދެ ޕައިލެޓުން ކޮކްޕިޓްގެ ތެރޭގައި ކޮފީ ބޮއެ އާއި ޕޭސްޓްރީ ކެއުމުން "ގްރައުންޑެޑް" ނުވަތަ އަދަބު ދީފިއެވެ.
މަތިންދާ ބޯޓުގެ ކޮކްޕިޓްގެ ތެރޭގައި ހުރި ކޮންޓްރޯލް ލީވަރުތަކާ ކައިރީގައި ތަށިތައް ބަހައްޓައިގެން ޕައިލެޓުން ނަގާފައިވާ ފޮޓޯއެއް ދައުރު ވަމުން އަންނަ އިރު މިކަމާއި ގުޅިގެން އިންޑިއާގެ އޭވިއޭޝަން ކޮމިއުނިޓީއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ދެ ޕައިލެޓުންގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. އަދި ވަކި ގޮތެއް ނިމެންދެން މި ދެ ޕައިލެޓުން ވަނީ ޑިއުޓީތަކަށް ނުނެރެން ނިންމާފައެވެ.
ސްޕައިސްޖެޓްގެ ކޮކްޕިޓްގެ ތެރޭގައި ކާބޯތަކެތި ކެއުމާ ބެހޭ ގޮތުން ހަރުކަށި އުސޫލުތަކެއް ހަދާފައި އޮންނައިރު، އެ އުސޫލުތަކަށް ހުރިހާ ފްލައިޓް ކްރޫން ވެސް އަމަލު ކުރާކަމަށާއި އަދި ތަހުގީގު ނިމުމުން މި ދެ ޕައިލެޓުންނާމެދު އަޅަންޖެހޭ ސުލޫކީ ފިޔަވަޅު އަޅާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޕައިލެޓުންގެ ފަރާތުން މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ފަދަ ކަމެއް ނޫންކަމަށާއި ބޯޓުގެ ކޮންޓްރޯލް ސިސްޓަމަށް މިފަދަ އެއްޗެއް އެޅިއްޖެނަމަ ވާނެ ގެއްލުން ހުރިހާ ޕައިލެޓުންނަށްވެސް އެނގޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
މަ މި ހިތައްއަރަނީ، މި މޯލްޑިވިއަން ކެބިން ކުރޫއިން މި ވައްދަނީ ކޮން ކޮފީތަށި ތަކެއް ބާއޭ.