ލައިފްސްޓައިލް ލުއި ޚަބަރު

ކުޑަ ކުޑަ އިބްރާހީމް އާއި އަލީ: ކުޅޭން ބޭނުން ކުރާނެ އެއްޗެހި ހަދަނީ އަމިއްލައަށް، ބޭނުން ކުރަނީ ވީރާނާ ކުނިބުނި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސީރިއާގައި ޒަމާންތަކެއް ވަންދެން ކުރަމުން އަންނަ ދާޙިލީ ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ ކުޑަކުދިންގެ އަދަދު މިލިއަނަށް ވުރެ ގިނައެވެ. ހަނގުރާމައިގެ ސަބަބުން ތައުލީމުން މަހްރޫމްވެ ޅައުމުރު ގެއްލިފައިވާ އެތައް ކުޑަކުދިންނެއް ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެއެވެ.

Ads by Sosun Fihaara

ކުޑަކުޑަ އިބްރާހީމް އަލް ނައީސް އަކީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުމުގެ ސަބަބުން އިދްލީބްގެ ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުން އަންނަ އުމުރުން އެންމެ 12 އަހަރުގެ ކުއްޖެކެވެ. އިބްރާހީމް އަކީ އާދަޔާ ހިލާފް މޮޅު ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. މިގޮތުން އޭނާ ކުޅޭން ބޭނުންކުރާނެ ކާރާއި ޓްރަކް ފަދަ ވެހިކަލްތައް ހަދަނީ އޭނާ އަމިއްލައަށެވެ. ބޭނުންކުރަނީ ހަނގުރާމައިގައި ވީރާނާވެފައިވާ އިމާރާތަކުން ލިބޭ ކުނިބުންޏެވެ.

"މިގޮތަށް ކުޅޭ އެއްޗެހި ހެދުމުގެ ހިޔާލުއައީ އަހަރެންގެ ގެ ހަލާކުވުމުން ކުޅޭއެއްޗެހި ގަންނާނެ ފައިސާއެއް ނުހުރޭ ދެން އަހަންނާއި އަހަރެންގެ ކޮއްކޮ ފެށީ ދަގަނޑު ދަޅު ފަދަ ތަކެތި އެއްކުރަން" އިބްރާހިމް ބުންޏެވެ.

އިބްރާހިމް އާއި އެކު ދެން މި މަސައްކަތް ކުރާ އޭނާގެ ކޮއްކޮ އަލީ ބުނިގޮތުގައި އޭނާ ހަދާ ތަކެތި ބެލުމަށްފަހު ރަނގަޅު ކުރަން ހުންނަ ކަންކަން ރަނގަޅު ކުރަނީ އިބްރާހިމެވެ.

އިބްރާހިމް ބުނިގޮތުގައި މިތަކެތި ބޭނުންކޮށްގެން އެއްޗެހި ހަދަން އުޅުމުގެ ތެރޭގައި ބައެއް ފަހަރު އަނިޔާ ލިބެއެވެ. އެހެންކަމުން މިއަށްވުރެ ރަނގަޅު ރިސޯސަސް ލިބުމަށް އޭނާ އުއްމީދު ކުރާކަމަށް އޭނާ ބުންޏެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!