ލައިފްސްޓައިލް ލުއި ޚަބަރު

50 އަހަރު ފަހުން ގާތިލު ހޯދުނީ ސިނގިރޭޓުން ނެގި ޑީއެންއޭއިން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރީޓާ ކަރަން އޭނާގެ ކޮޓަރީގައި މަރާލާފައި އޮއްވައި ފެނުނުތާ 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ވާމޮންޓްގެ ފުލުހުން ބުނީ ސިނގިރޭޓް ބަޓަކާއި ކަރަންގެ ފޭރާމުން ފެނުނު ޑީއެންއޭ ބޭނުންކޮށްގެން މަރާލި މީހާ ދެނެގަނެވިފައިވާ ކަމަށެވެ.

Ads by Sosun Fihaara

ކަރަންގެ ބާލިންޓަން އެޕާޓްމަންޓް އިމާރާތުގައި ދިރިއުޅެމުން ދިޔަ ވިލިއަމް ޑިރޫސް އަކީ ކަރަންގެ ޤާތިލުކަން ޔަގީންވެފައިވަނީ ޓެކްނޮލޮޖީ އާއި ޖެނެޓިކް ޖީނެލޮޖީއަށް ލިބުނު ކުރިއެރުންތަކުގެ އެހީގައިކަމަށް ވާމޮންޓްގެ އެންމެ އާބާދީ ބޮޑު ސިޓީގެ ފުލުހުން ވަނީ ބުނެފައެވެ.

1971 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ރޭ ކަރަން މަރާލާފައިވަނީ އޭނާ އުޅެމުން ދިޔަ އިމާރާތުގެ އެހެން ފަންގިފިލާއެއްގައި އުޅޭ ޑިރޫސް އޭނާގެ އަނބިމީހާއާއި ޒުވާބު ކުރުމަށްފަހު އޭނާގެ އެޕާޓުމަންޓުން ނިިކުމެގެން ދިޔަފަހުންނެވެ. އަދި އެރޭ ޒުވާބުކޮށް އެމީހުންގެ އެޕާޓްމަންޓް "ފިނިކުރަން" ނިކުތް ކަމަށް ބާލިންޓަން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްގައި ބުނެފައިވެއެވެ.

އުމުރުން 24 އަހަރުގައި ކަރަން މަރުވެފައި އޮއްވައި ފެނުނު އިރު ހުރީ ވަރަށް ބޮޑަށް މާރާމާރީ ހިނގާފައިވާ ކަމުގެ ނިޝާންތަކާއި އެކުގައި ކަމަށް އޭރު ޑިޓެކްޓިވްއަކު ލިޔެފައިވެއެވެ. އަދި ކަރަން މަރުވެފައި އޮއްވައި ފެނުނު ރޭގެ އަނެއްދުވަހު ހެނދުނު އިންވެސްޓިގޭޓަރުން ޑިރޫސް އާއި އޭނާގެ އަންހެނުންނާ ސުވާލު ކުރުމުން އެދެމަފިރިން އެރޭ އެއްކޮށް ވެސް އުޅެފައިވަނީ އެކުގައިކަމަށް ބުނެފައވާކަމަށާއި އެއްވެސް އަޑެއް ވެސް އަދި ނުފެންނަ ކަމަށެވެ.

އެހެންނަމަވެސް ފުލުހުން އެތަނުން ދިއުމަށްފަހު، ފުލުހުން އެމީހުންނާ އަލުން ސުވާލުކޮށްފިނަމަ، އޭނާ އެޕާޓްމެންޓުން ނުކުތްކަމަށް ބުނެގެން ނުވާނެ ކަމަށް ޑިރޫސް އޭނާގެ އަންހެނުންނަށް އަންގާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އަނެއްކާ އަލުން ބަލަން ފެށީ  2014 ވަނަ އަހަރު ކަރަންގެ ހަށިގަނޑު ކައިރީގައި އޮތް ސިނގިރޭޓް ބަޓަކުން ޑީއެންއޭ ޕްރޮފައިލެއް ނެގި ހިސާބުން ކަމަށް ޑިޓެކްޓިވް ލެފްޓިނެންޓް ޖޭމްސް ޓްރައިބް ބުނެފައިވެއެވެ. އެ ޕްރޮފައިލް ޑީއެންއޭގެ ނެޝަނަލް ކްރިމިނަލް ޑޭޓާބޭސްއަށް ހުށަހަޅާފައިވީ ނަމަވެސް އެއްވެސް މެޗެއް ހަދާފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. 2019 ވަނަ އަހަރު އެ މައްސަލަ އަލުން ހުޅުވާލައި އާ ވިސްނުމެއް ގެންގުޅެން ނިންމައިފައެވެ.

ޓްރައިބް ވިދާޅުވި ގޮތުގައި އެ ޓީމުން ހެކިތައް އަލުން ޓެސްޓް ކުރަން ފެށި ކަމަށާއި، ޖެނެޓިކް ޖީނޮލޮޖީ ބޭނުންކޮށްގެން ސިނގިރޭޓް ޑީއެންއޭ އެނަލައިޒް ކުރަން ނިންމީ ޑީއެންއޭ އާ ގުޅުމެއް ނެތް މީހާގެ އާއިލާގެ މެމްބަރުން ދެނެގަތުމަށް ޑީއެންއޭ ޑޭޓާބޭސް ބޭނުންކޮށްގެން ޖީނެލޮޖީ ރިސާޗް ކުރުމަށް ކަމަށެވެ.

އޭގެ ފަހުން ޑީއެންއޭ ސާމްޕަލް ދޭން ތައްޔާރަށް ހުރި ޑިރޫސްގެ އެއްބަނޑު އެއްބަފާ މީހެއް ދިން ސާމްޕަލްގެ ސަބަބުން ސިނގިރޭޓުން ނެގި ޑީއެންއޭ އަކީ ޑިރޫސްގެ ޑީއެންއޭއެއް ކަމަށް ނިންމި ނިންމުމަށް ބާރު ލިބުނު ކަމަށް ރިޕޯޓުގައި ވެއެވެ.

ޑިރޫސް މަރުވީ 1986 ވަނަ އަހަރު ސެން ފްރެންސިސްކޯގައި މަސްތުވާތަކެތީގެ އޯވަޑޯޒްވެގެން ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަ މިހާރު ވަނީ ބަންދުކޮށްފަ އެވެ.

  1. ޙާން

    ދިވެހިބަހުން ލިޔަން ކިޔަން ފުރަތަމަ ދަސްކުރަންވީ