އިންޑިއާ ފަތުރުވެރިއަކަށް ރިސޯޓެއްގައި ފުރައްސާރަކުރި މައްސަލައެއް
ރާއްޖޭގެ ރިސޯޓެއްގައި ތިބި އިންޑިއާ ދެމަފިރިއަކަށް މުވައްޒަފެއް ފުރައްސާރަ ކުރުމާ ގުޅިގެން ޓްވިޓާގައި އެހީއަށް އެދިއްޖެއެވެ.
ޓްވިޓާގައި މީހަކު ބުނެފައިވާ ގޮތުގައި ގޯނާ އާއި ކުރިމަތިވީ ބިޔާދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދާ ދެމަފިރިއަކަށް ކަމަށެވެ. އެ ޓްވީޓްގައި ބުނެފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއްގެ ފަރާތުން ގޯނާތަކެއް ލިބެމުންދާ ކަމަށެވެ.
އޭނާ ވަނީ ވަރަށް އަވަހަށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން އެދި ރޭ މެންދަމު ޓްވީޓެއް ކޮށްފައެވެ.
މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވަނީ ގޯނާ ކުރިމަތިވި އިންޑިއާ ދެމަފިރިންނާ ގުޅޭނެ ފޯނު ނަމްބަރެއް ފޯރު ކޮށްދިނުމަށް އެދިފައެވެ.
ތި ރިޒޯޓް ކަންތައް ދުއްވާލަންވެގެން ބުހުތާނު ދޮގެްް ހަދައިގެން. އިންޑިޔާ ގެރިއަކު ބުނެފިނަމަ އެކަން އެގޮތައް ގަބޫލުކުރަން މިހާރު މަޖްބޫރިވެފަ މި އޮންނަނީ.