ޚަބަރު

ސިއްޙީ މާހިރުންގެ ބަހަށް ކަންކަން ކުރާނަމަ އެޗްޕީއޭއަށް ފާޑެއް ނުކިޔާނެ: ހައިލަމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް/ ފޮޓޯ: އަވަސް

ވެރިކަން ކުރާ ޕާޓީން އެންގުމުން އުޞޫލުތަކަށް އިޞްލާހު ގެނައުމުގެ ބަދަލުގައި، ޞިއްޙީ މާހިރުންގެ ލަފަޔާ މަޝްވަރާގެ މަތިން އެފަދަ ކަންތައް ކުރައްވާނަމަ ރައްޔިތުންގެ ފާޑުކިޔުން އަމާޒެއް ނުވާނެ ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ހައިލަމް މިހެން ވިދާޅުވެފައި ވަނީ އެޗްޕީއޭއިން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕެއިން ހަރަކާތްތަކަށް ރަށްރަށަށް ދިއުމަށް އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިން އުވާލުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެޗްޕީއޭއިން ގައިޑްލައިން އުވާލަމުން ބުނެފައިވަނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން އިސްލާހް ކުރުމަށް އެދޭ ކަމަށެވެ. ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާޙް ވަނީ އުވާލާފައެވެ.

ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާގައި ބުނެފައި ވަނީ ކަރަންޓީންވުމަކާ ނުލާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕެއިންނަށް 5 މީޙުންނަށްވުރެ މަދު މީހުންނަށް ދަތުުރު ކުރެވޭނެ ކަމަށެވެ.

ކަރަންޓީން ނުވެ ރަށްރަށް ދެވޭ އުސޫލު އާންމުކުރުމާއެކު އެޗްޕީއޭއާއި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުވިއެވެ. ފާޑުކީ ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ސިއްޙީ ޚިދުމަތްތެރިން ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!