މުނިފޫހިފިލުވުން

ބޭޑް ބޯއީސް ފޯ ލައިފަށް ބޮޑު ތަރުހީބެއް

ބޭޑް ބޯއީސްގެ ސީކުއަލް "ބޭޑް ބޯއީސް ފޯ ލައިފް"އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ތިއޭޓަރުތަކުގައި ސޮނީގެ ފިލްމު ބޭޑް ބޯއީސް ފޯ ލައިފް އުޅެނީ އެންމެ ކުރީގައެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ޓިކެޓުތަކުން އެ ފިލްމަށް ވަނީ 98 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

އެ އާމްދަނީއަކީ 2003 ވަނަ އަހަރު ރިލީސްކުރި "ބޭޑް ބޯއީސް 2"ގެ ފެށުމަށްވުރެ ތަންކޮޅެއް ކުޑަ އާމްދަނީއެކެވެ. ނަމަވެސް 15 އަހަރަށްފަހު ނެރުނު ސީކުއަލްއަކާ އަޅާ ބަލާއިރު، އެއީ ބޮޑު ތަރުހީބެކެވެ.

މަޖާ، އެކްޝަން ފިލްމުގައި ވެސް ވިލް ސްމިތާއި މާޓިން ލޯރެންސް ހަރަކާތްތެރިވަނީ ފުލުހުންގެ ގޮތުގައެވެ. ބޭޑް ބޯއީސްގެ ކުރީގެ ސީކުއަލްތަކުގެ ޑައިރެކްޓަރު މައިކަލް ބޭގެ ބަދަލުގައި ބޭޑް ބޯއީސް ފޯ ލައިފް ޑައިރެކްޓުކޮށްފައިވަނީ އާދިލް އެލް އަރްބީ އަދި ބިލާލް ފަލާހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!