ވިޔަފާރި

ކެފޭ ރެސްޓޯރަންޓުތަކުން އަނެއްކާ ވެސް ހަޅުތާލަށް ނިކުންނަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ރެސްޓޯރެންޓު އެސޯސިއޭޝަންއިން މީގެ ކުރިން ކުރި މުޒާހަރާގެ ތެރެއިން

މާލޭގައި ކެފޭ ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން އަނެއްކާ ވެސް ހަޅުތާލުކުރަން ތައްޔާރު ވެއްޖެއެވެ.

Ads by Hajj Corporation

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އީޓަރީ ޔޫނިއަން އިސްނަގައިގެން ކުރާ މި މުޒާހަރާއަކީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ ރެސްޓޯރަންޓުތަކުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނާތީ ކުރާ މުޒާހަރާއެކެވެ.

މޯލްޑިވްސް އީޓަރީ ޔޫނިއަން އިން ބުނެފައިވާ ގޮތުގައި މާލޭގެ ކެފޭ ރެސްޓޯރެންޓުތަކުން އަންނަނީ 48 ގަޑިއިރަށް ހިދުމަތް ނުދީ ބަންދުކޮށް، ހަޅުތާލު ކުރުމަށް ތައްޔާރުވަމުންނެވެ.

ސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް)ގެ ފައުންޑާ މެންބަރު ނުޒައިރު އަލީ "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުރިހާ ރެސްޓޯރަންޓުތަކުން ވެސް ހިދުމަތް ދެނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި ވީއިރު ބަލި ފެތުރެނީ ރެސްޓޯރެންޓުތަކުން ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށެވެ. އަދި އެކަމަށް ހެކި ދެއްކުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ހަޅުތާލަން ނިކުންނާނެ ދުވަހެއް އަދި ނިންމާފައި ނުވާ ކަމަށް ވެސް ނުޒައިރު ވިދާޅުވިއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަންގެ މެމްބަރުން އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް މީގެ ކުރިން ވެސް ވަނީ މުޒާހަރާ ކޮށްފައެވެ. ދަރުބާރުގޭ ކުރިމައްޗަށް އެއްވެ ރެސްޓޯރަންޓުތައް ހިންގާ ފަރާތްތަކުން ވަނީ އެޗްޕީއޭގެ ބައެއް ފިޔަވަޅުތަކާއި ދެކޮޅަށް އިހުތިޖާޖުކޮށް އަޑު އުފުލައިފައެވެ. އެގޮތުން ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުމުގެ ޝުއޫރުތައް ވަނީ ފާޅު ކޮށްފައެވެ.

އެޗްޕީއޭއިން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދުކުރުމަށް އަންގާފައިވާއިރު، އެތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 10:30 ވަންދެނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!